ޢާއްމު ސުވާލުތައް

ޢާއްމު ސުވާލުތައް

1- މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަޤްޞަދަކީ ކޮބާ؟

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް ކުރިއަރުވާ، ދިވެހި ކުޅިވަރަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

2- ސްޕޯޓްސް ކޯޕަރޭޝަންގެ ލަނޑުދަނޑިތަކަކީ ކޮބާ؟

މި ކޯޕަރޭޝަންގެ ލަނޑުދަނޑިއަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކޯޕަރޭޝަން އުފެދޭ ތާރީޚުން ފެށިގެން ކުރު މުއްދަތެއްގެ ތެރޭގައި ކުޅިވަރުން ނަފާ ހޯދޭނެ ކުންފުންޏަކަށް ހެދުމެވެ.