ޙިދުމަތްތަކާ ވަސީލަތްތައް

ވަސީލަތްތައް

ރާއްޖޭގެެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް، ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރުމަކީ މި ކޯޕަރޭޝަންގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލްވުމަށް، ސްޕޯޓްސް އެރީނާތަކާއި، ކުޅިވަރު ދަނޑުތަކާއި، ޖުމްލަކޮށް ކުޅިވަރު އިންފްރާސްޓަރަކްޗަރ ޤާއިމްކުރުމަށް މި ކޯޕަރޭޝަނުން ޚާއްސަ އިސްކަމެއްދެއެވެ. އެގޮތުން މި ކޯޕަރޭޝަންގެ ފަރާތުން ހ. މުނިއުފާ ތަރައްޤީކޮށް، ރާއްޖޭގެ ކުޅިވަރު ދައިރާއަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މިހާރުވެސް ދަނީ މަސައްކަތް  ކުރެވެމުންނެވެ.