މިއީ ދިވެހި ކުޅިވަރަށް ޚިދުމަތް ކުރުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ކުންފުންޏަކަށް ވީހިނދު، މުޖުތަމަޢަށް ލާބަކުރަނިވި ކަންކަމަށް މި ކުންފުނިންވެސް އަބަދުވެސް އިސްކަމެއް ދޭނެއެވެ. އެގޮތުން ރައްޔިތުންގެ ލާބަޔާ މަންފާ އޭގައި ހިމެނޭ ކަންކަމުގައި ކުންފުނީގެ ވަގުތާއި ފައިސާ އިންވެސްޓުކުރުމަށް މި ކުންފުނިން ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި ވެއްޓެއް ބިނާކުރުމާއި، ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ޤާއިމްކުރުމާއި މި ނޫންވެސް ދިވެހި ވެއްޓާއި ރައްޔިތުންނަށް ލާބަަ ހުރި ކަންކަމަށް ކުންފުނިން އިސްކަން ދޭނެއެވެ.