ތަޢާރަފް

އަޅުގަނޑުމެންގެ ޕާރޓްނަރުން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ކުޅިވަރު ދާއިރާއަށް ފާގަތި ދުވަސްތަކެއް ގެނެސްދިނުމެވެ. މިކަން ކަން ހާސިލްކުރުމުގެ ތެރެއިން، ރާއްޖޭގެ ކުޅިވަރު ދާއިރާގައި މަސައްކަރްކުރާ އެންމެހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ މި ކޯޕަރޭޝަނުން އަބަދުވެސް ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ދިވެހި ކުޅިވަރަށް ނިސްބަތްވާ ކްލަބް ޖަމިއްޔާތަކާއި، ކުޅިވަރު ވިޔަފާރިތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިވުން ހޯދުމަށް މި ކޯޕަރޭޝަނުން ގަދައަޅާ މަސައްކަތް ކުރެއެވެ.

ދިވެހި ކުޅިވަރަށް ފާގަތިކަން ގެނެސްދިނުމުގައި ސްޓްރަޓީޖިކް ގުޅުންތައް ޤާއިމްކޮށް، މި ކޯޕަރޭޝަނާއެކު ކުރިއަށް ދިނުމުގެ ފުރުސަތު ހަމަ ކޮންމެ ފަރާތަށްވެސް ވަނީ ހުޅުވިފައެވެ.