ތެދުވެރިކަމާއި ފަރުވާތެރިކަން
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ އެމީހުންގެ ފަރާތުން ޚިދުމަތް ދޭންޖެހޭ އެންމެހާ ފަރާތްތަކަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ބަރާބަރަށް ތެދުވަރިކަމާއި ފަރުވާތެރިކަމާއި އެކު އަދާކުރާ ބަޔަކަށްވުން.
ކުޅިވަރާމެދު ޤަބޫލުކުރާގޮތް
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީވެސް ކުޅިވަރުގެ ބާރުވެރިކަން ޤަބޫލުކުރާމީހަކަށް ވާނެއެވެ. ކުޅިވަރުން ފަރުދުންނާއި މުޖުތަމަޢު އަދި ޤައުމަށް އުއްމީދުގެނުވައެވެ.
އެއްބައިވަންތަކަން އަދި ދެކޭގޮތާއި ޙަޤީޤަތް ބަދަލުކުރުން
ކުޅިވަރަކީ މުޖުތަމަޢުގައި ހުރި ހުރިހާ ބައިބައިވުމެއް ނައްތާލާއި އެންމެން އެއްބައިވަންތަ ކުރުވާނޭ ވަޞީލަތެއްކަން ޤަބޫލުކޮށް ކުރިމަގުގައި ފަހި ދިވެހިރާއްޖެއަކަށް ހެދުން.