News

ރެއިޒްކްރައުން ފުޓުބޯޅަ މަހާސަމާ

ރެއިޒްކްރައުން ފުޓުބޯޅަ މަހާސަމާ

”ރެއިޒްކްރައުން ފުޓްބޯޅަ މަހާސަމާ“ ގެ ނަމުގައި، މިއަދު ރަޝިއާގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް އުފާވެރި މާޙައުލެއްގައި، ޒަމާނީ ޓެކްނޮލިޖީއާއި އެކު ބޮޑު އިސްކްރީނެއްގައި އެންމެނަށް ބަލާލުމުގެ ފުރުސަތު މި ކުންފުނީގެ އިސްނެންގެވުމުގެ މަތިން ޤާއިމް ކުރެވިފައިވާ ކަން ހާމަކުރަމެވެ. ރެއިސްކްރައުން ގްރޫޕް ގެ ސީ.އެސް.އާރު ގެ ދަށުން ހިންގޭ މި މަހާސަމާ ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި  ރެއިޒްކްރައުން ގްރޫޕްއާއި ގުޅިގެންނެވެ.

މި މަހާސަމާ ގައި ޒުވާނުން ލޯބި ކުރާ ތަފާތު ގިނަ ޚިދުމަތްތަކާއި މުނިފޫހިފިލުމުގެ ހަރަކާތް ތަކާއި އެކު މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައި ބެހެއްޓޭ  60’x34’ ފޫޓް ބިޔަ ސިލްވަރ އިސްކްރީނަކުންނެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ބެހެއްޓޭ އެންމެ ބޮޑު އިސްކްރީނަށްވާއިރު، މި ފޯރިގަދަ މަހާސަމާ މެދުވެރިކޮށް ރަޝިޔާއިން ވޯލްޑް ކަޕް ބަލާލުުގެ އިހްސާސް، ވަރުގަދަ ސައުންޑްޑާއި 4K  ޕްރޮޖެކްޝަނާއި އެކު ފޯރިއާއި ޖޯޝްގައި، ފުޓުބޯޅައަށް ލޯބި ކުރާ ޒުވާނުނަށް ގެނެސްދެވޭނެއެވެ. ބޮޑެތި އިނާމް ތަކާއި ހަވާއެރުވުމާއި ލައިޓް ޝޯ ތަކާއި އެކު ހިންގޭ މިމަހާސަމާގައި ވޯލްޑް ކަޕް އަދި ފުޓްބޯޅައާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއްގެ އިތުން ކުޑަކުދީން ގެ ހަރަކާތްތައް ވެސް ހިންގޭނެއެވެ.

މިމަހާސަމާގެ  ދަށުން މާލެއާއި ފުވައްމުލަކުގައި ޙަރަކާތްތައް ހިންގޭއިރު، މަހާސަމާގައި ބައިވެރިވެ އިޝްތިހާރުކުރުމުގެ ފުރުސަތު އިވެންޓް އޯގަނައިޒަރ އެޑް އިންކް. މެދުވެރިކޮށް (މުހަންމަދު ޒައުލް 7363330) ލބިވަޑައިގަންނަވާނެއެވެ.

މިޙަރަކާތް ހިންގާއިރު އަޅުގަނޑުމެންނަކީ ޕީއެސްއެމްގެ ވަރލްޑްކަޕް ރަޝިއާ 2018 ގެ ޕްރޮމޯޝަން އަދި މާކެޓިންގ ޕާޓްނަރެއްކަންވެސް އުފަލާއެކު ފާހަގަކޮށްލަމެވެ.

މިޙަރަކާތް ކާމިޔާބު ކަމާއެކު ހިންގުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.