News

‏މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު ‏‏އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި.‏

‏މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު ‏‏އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި.‏

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި (ސްޕޯޓްސްކޯ) ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އެޗް.ޑީ.ސީ) ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވީ ސްޕޯޓްސްކޯގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް އަޙްމަދާއި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދެވެ.

މި އެމް.އޯ.ޔޫގެ މަޤްޞަދަކީ އެޗް.ޑީ.ސީގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި، އަދި އެފަރާތުން ތަރައްޤީކުރާ ކުޅިވަރާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރުން ދެފަރާތުން ގުޅިގެން އެޗް.ޑީ.ސީގެ ދަށުގައިވާ އެކިއެކި ބިންތަކުގައި ކުޅިވަރު ކުޅެވޭނެ ތަންތަން ޤާއިމްކުރުމަށް މަސައްކަތް ކުރުމާއި، އެޗް.ޑީ.ސީ އާއި ސްޕޯޓްސްކޯ އިން ކުރިއަށްގެންދާ ކުޅިވަރާއި ގުޅުންހުރި އެކިއެކި ދިރާސާތަކާއި ޑޭޓާ ދެފަރާތުން ހިއްސާކުރުމަށާއި، ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޕްރޮގްރާމް ހިންގުމާއި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާއި، ގޮތްތައް ކަނޑައެޅުމެވެ.

މި އެމް.އޯ.ޔޫގެ މުއްދަތަކީ ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ 03 (ތިނެއް) އަހަރު ދުވަހެވެ. މި އެމް.އޯ.ޔޫގެ ސަބަބުން ތަފާސްހިސާބްތަކުގެ އަލީގައި މި ސަރަހައްދަށް މިހާރަށްވުރެ ތަނަވަސް ގޮތެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވި، އެކަށީގެންވާ ކުޅިވަރުކުޅޭނެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރެވިގެންދާނެއެވެ. އަދި ކުޅިވަރު ފެސިލިޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި ޒަމާނީ ކުޅިވަރު ފެސިލިޓީތައް ގާއިމްވެ، ކުޅިވަރުގެ އެކިއެކި ދިރާސާތައްކޮށް، ޑޭޓާ ލިބުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާއަށް ބޭނުންވާ ޓެކްނިކަލް ޕުރޮގްރާމްތައް އިންތިޒާމްކޮށް ހިންގާ އެތުލީޓުން ތަމްރީންކުރުމުގެ ޕުރޮގްރާމްތަކަށްވެސް މަގު ހުޅުވިގެންދާނެއެވެ.