News

ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށް ޚާއްސަކޮށްގެން ސެމިނާއެއް ކުރިއަށް ގެންގޮސްފި!

ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށް ޚާއްސަކޮށްގެން ސެމިނާއެއް ކުރިއަށް ގެންގޮސްފި!

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ”ސެމިނަރ އޮން ހެލްތް، ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް“ ނަމުގައި ސެމިނަރއެއް އިއްޔެ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެމިނަރ ބޭއްވުމުގެ މަޤްޞަދަކީ ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުމާއި، ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރު ކުޅުމުގައާއި ކުޅިވަރަށްފަހު ދިމާވާ ސިއްޙީ ގެއްލުންތަކުން ރައްކާތެރިވުމާއި، ކެއުމުގެ ރަގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މިސެމިނަރގައި މައިގަޑު ގޮތެއްގައި ކިޔަވައި ދެއްވާފައިވަނީ ބޭސިކްސް އޮފް ސްޕޯޓްސް ނިއުޓްރިޝަން، ނިއުޓްރިޝަން ފޯރ ޕާރފޯމަންސް އަދި އިންޑިވިޖުއަލައިޒްޑް/ ސްޕެސިފިކް ސްޕޯޓްސް ނިއުޓްރިޝަންއެވެ. 20 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މިސެމިނަރގައި ކިޔަވައިދެއްވާފައިވަނީ މެލޭޝިޔާގެ ސެޓިފައިޑް ސްޕޯޓްސް ޑައިޓީޝަން، ތާނިޔާ ލީ ޒޫ ޔާރްއެވެ.

ސެމިނަރގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަބްދުއްރައްޒާޤު އިބްރާހިމް މިސެމިނަރއިން ދަސްވި މަޢުލޫމާތުތައް އާންމުންނަށާއި، ކޯސްތަކުގެ ބައިވެރިންނަށާއި، ރައްޓެހިންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. އެއީ މިމަޢުލޫމާތުތަކަކީ މުޖުތަމަޢުގައި އުޅޭ އެންމެ އާދައިގެ މީހަކަށްވެސް އެނގުން މުހިއްމު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދެވިފައި ނުވާ މަޢުލޫމާތުތަކެއްކަމަށް ވާތީ ކަމުގައި ވިދާޅުވިއެވެ.

މިޕްރޮގްރާމް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ”ކެލޮރީ ކައުންޓަރ މޯލްޑިވްސް“ އަދި ”ޗަންޕާ ސެންޓްރަލް ހޮޓެލް“ ގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.