News

”ތްރީ ޖެނެރޭޝަން ވޯރކް“- ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުން

”ތްރީ ޖެނެރޭޝަން ވޯރކް“- ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުން

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން 2019 ނޮވެންބަރ 15 ވަނަ ދުވަހު ހަވީރު، އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިކޮށްގެން ”ތްރީ ޖެނެރޭޝަން ވޯރކް“ ގެ ނަމުގައި ހިނގާލުމެއް ހުޅުމާލެ ސެންޓްރަލް ޕާރކްގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

މިހިނގާލުމުގެ މަޤްސަދަކީ އުމުރުން ދުވަސްވީ މީހުން، ދުޅަހެޔޮކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިއްމުކަން ޒުވާނުންނަށާއި ކުޑަކުދިންނަށް އަންގައިދިނުމެވެ. އަދި ޒުވާން އުމުރުގައި ރިޓަޔަމަންޓަށް ތައްޔާރުވުމުގެ މުހިއްމުކަމާ ބެހޭގޮތުންވެސް ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއިވެންޓް ކުރިއަށް ގެންގޮސްފައިވަނީ 2019 ނޮވެންބަރު 15 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައި ހަވީރު 16:00 އިން 18:00 އަށެވެ.

3 ޖެން ވޯރކް ގައި އެކި މިނިސްޓްރީ ތަކުންނާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

3 ޖެން ވޯރކް ކުރިއަށްގެންގޮސްފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުއެވެ. އޭގެ ތެރޭގައި، އެޗް.ޑީ.ސީ، މަންދީރާ ބޮޑުބެރު ގުރޫޕް، ގްލޯފިޓް، އެމް.ޕީ.އެލް، ހުލުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، މޯލްޑިވްސް ރެޑް ކްރެސެންޓް، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގާލް ގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނެއެވެ.