News

މިކްސްޑް މާޝަލް އާރޓްސް އަދި ސެލްފް ޑިފެންސް ޓްރެއިންގއެއް ކުރިއަށް ގެންގޮސްފި!

މިކްސްޑް މާޝަލް އާރޓްސް އަދި ސެލްފް ޑިފެންސް ޓްރެއިންގއެއް ކުރިއަށް ގެންގޮސްފި!

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި ފިޓްނަސް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ ”ޓްރެއިން ވިތު ކައި“ ގުޅިގެން މާޝަލް އާރޓްސް/ ސެލްފް ޑިފެންސް ޓްރެއިނިންގ އެއް ވަނީ ރޭ މާގިރީ ހޮޓެލްގައި ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ތައި ބޮކްސިންގ، މާރޝަލް އާރޓްސް ދިވެހިންގެ ތެރޭގައި މަގުބޫލް ކުޅިވަރަކަށް ހެދުމާއި މަސައްކަތުގެ މާހައުލާއި ދިރިއުޅުމުގެ އެކި ހާލަތްތަކުގައި އަމިއްލަ ނަފްސަށް ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ރައްކާތެރިވާނެ ގޮތުގެ ތަމްރީން ދިނުމެވެ.

 

20 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ މާޝިއަލް އާރޓްސް އަދި ތައި ބޮކްސިންގ ގައި ދުނިޔޭގެ ފެންވަރުގައި ރަންވަނަތަކެއް ހާސިލްކޮށްފައިވާ މެލޭޝިއާގެ ކުޅަދާނަ ދެ ފަރާތެއް ކަމުގައިވާ، ސައިފުލް މެރިކަން އަދި ޝައްމާހް ޗަންދްރަންއެވެ.

މި ޕްރޮގަރާމް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި  ”ދަ ވައިޓް ހަރޕް ބީޗް އިން“  ”މެޓަލް ސައިންސް“ އަދި ”މިންޓެނައިން“ ގެ ވަރަށް ބޮޑު އެހީއެއްވަނީ ދެއްވާފައެވެ.